English Edition
Dhivehi Edition

އައްޑޫ ހައި ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ ސްޕޯޓް ފެސްޓިވަލް ނިންމާލައިފިއެވެ.

މިމަހުގެ 04 ވަނަ ދުވަހުން ފެށިގެން 10 އަކަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި މައިގަނޑު 4 ކުޅިވަރެއްގައި އެސްކޫލްގެ ހައުސްތަކުގެ ދަރިވަރުން ވާދަކޮށްފައި ވެއެވެ. އެގޮތުން ފުޑްސެލް އިން އުސްމާން ހައުސް އެއްވަނަ ހޯދައިފައިވާއިރު ނެޓްބޯޅައިން އެއްވަނަ ހޯދައިފައި ވަނީ ޢަލީ ހައުސް އެވެ. އަދި ބާސްކެޓްބޯޅަ އިން އުމަރު ހައުސް އެއްވަނަ ހޯދައިފައިވެއެވެ. މީގެ އިތުރުން ބައިބަލާ މުބާރާތެއްވެސް އެސްކޫލްގެ ސްޓްރީމް ތަކުގެ މެދުގައި ކުޅެފައިވެއެވެ. މި މުބާރާތުން ސައިންސްޓީރީމް އެއްވަނަ ހޯދާފައިވެއެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގިނަ ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން ދައުވަތު އެރުވިފައިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. ވަނަ ވަނަ ލިބުނު ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިލް އަޙްމަދު މިހާދުު އެވެ.

މިފެސްޓިވަލަކީ ކޮންމެ އަހަރަކުވެސް އެސްކޫލްގައި ބާއްވަމުން އަންނަ ފެސްޓިވަލަކަށް ވީނަމަވެސް، މިއަހަރު އަލަށް މިފެސްޓިވަލްގައި ބާސްކެޓްބޯޅަ ހިމަނާފައި ވެއެވެ. އަދި އެކުޅިވަރު ކުޅެފައިވަނީ އާއްމުންނަ ފެންނަގޮތަށް ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގައެވެ.