English Edition
Dhivehi Edition

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއްކަމުގައި އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާ ގުޅިގެން އިލްޔާސް ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ ދީނާއި ދެކޮޅަށް މަސައްކަތްކުރާ އަދިރި ފަރާތްތަކުން ކުރައްވާ މަސައްކަތަށް ބަލައި އެކަންކަމަށް ފަސްޖެހޭނެ ވެރިއެއް ނޫންކަން މިކަމުން ހާމަވެގެން ގޮސްފައިވާކަމަށެވެ.

“ލާދީނީ އަދިރިފަރާތްތަކުގެ އިންޒާރުތަކަސް ބެލުމެއްނެތި، އެމްޑީއެން ރަސްމީކޮށް އުވާލުމުން އަދުގެ ރައީސުލް ޖުމްހޫރިއްޔާއަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއްކަން އެގިގެން ހިގައްޖެ” ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރަސްމީކޮށް އިއްޔެ އެ ޖަމިއްޔާ އުވާލާފައިވާ އިރު، އެމްޑީއެން އުވާލާފައި މިވަނީ އެޖަމިއްޔާ އުވާލުމަށް، ދީނީއިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާއި އާއްމުރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގޮވާލާފައިވަނިކޮށެވެ.