English Edition
Dhivehi Edition
ހިތަދޫ ބޮޑުމަގުގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު

އައްޑޫސިޓީގެ ހިތަދޫ ބޮޑުމަގުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޝައިޚް އިބްރާހިމް ރުޝްދީއަށް (64 އަހަރު) އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ޝައިޚް ރުޝްދީ އަކީ އައްޑޫހައިސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަމުން ގެންދަވާ ބޭފުޅެކެވެ.

2 ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ރުޝްދީގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި ނިއްކުރި މަށައިގެން ގޮސް ފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ގާޒީ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް އައި ކޮޅަށް އަނބުރާލަން އުޅުމުގެ ތެރޭގައި މަގުގެ އަނެއް ކޮޅުން އައި ސައިކަލުގައި ޖެހިގެން ނެވެ.

އެކްސިޑެންޓުގައި ދެވަނަ ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ އަތުގައި ލައިސަންސެއް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި 2 ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ އިރު ފުލުހުން ދަނީ މި މައްސަލަ ތަޙުގީގު ކުރަމުންނެވެ.