English Edition
Dhivehi Edition
”ދިވެހިންގެ އުއްމީދީ ޕާޓީ” އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ރަސްމީކޮށް ހަވާލު ކުރަނީ / ފޮޓޯ: އީސީ

“ދިވެހިންގެ އުއްމީދީ ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފިއެވެ.

އީސީ އިން ބުނީ ދިވެހި އުއްމީދީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އެކޮމިޝަނުން ދީފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އެ ޕާޓީ އުފައްދަން ހުއްދަ ދީފައިވަނީ މ. ރީފްސައިޑް މުހައްމަދު ސައީދު އަށެވެ.

އިލެކްޝަނުން ދާދިފަހުން ވަނީ “ދިވެހި އެންމެންގެ ޕާޓީ”ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ދީފައެވެ.

މިހާރުވެސް ރާއްޖޭގައި ސިޔާސީ ޕާޓީގެ ގޮތުގައި 10 ޕާޓީ އެބަ އޮތެވެ. އަދި ޕާޓީ އުފެއްދުމުގެ މަގުމަތީގައި އިތުރު 2 ޕާޓީ އެބައޮތެވެ. ޕާޓީ ހެދުމަށް ހުއްދަ ލިބުމުން، ހުއްދަ ލިބުނު ފަރާތުން ދެން ޖެހޭނީ 3000 މީހުންގެ ސޮއި ހަމަ ކުރާށެވެ. ސޮއި ހަމަ ކުރުމުން، ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ފުރުސަތު ދެވޭނެ އެވެ. އެ ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާ ނުވާ ނަމަ އީސީއިން ޕާޓީ ރެޖިސްޓްރީކޮށްދޭނެ އެވެ.