English Edition
Dhivehi Edition

ބޮޮލީވުޑްގެ އެންމެ ރީތި ތަރިންގެ ލިސްޓްގައި ހިމެނޭ އަދި އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ވެސް ހިމެނޭ އެކްޓްރެސް ކަރީނާ ކަޕޫރު ދެވަނަ ކުއްޖަކު ހޯދުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް ބުނެފިއެވެ.

ކަރީނާ ކަޕޫރު މިހެން ބުނީ، ޑިސެމްބަރ މަހު 27 ވަނަ ދުވަހު ރިލީޒްވާން ތައްޔާރު ވަމުން އަންނަ އޭނަގެ”ގުޑް ނިއުސް” ފިލްމާ ބެހޭގޮތުން ކުރި އިންޓަވިއުއެއްގައެވެ. ކަރީނާ ބުނީ ދެން އަވަހަކަށް އިތުރު ކުއްޖަކު ހޯދަން ހިޔާލު ނުކުރާ ކަމަށާއި ސައިފް އާއި އޭނަ ތައިމުރު އާއެކީ އުޅެނީ ވަރަށް އުފާވެރިކޮށް ކަމަށެވެ.

ގުޑް ނިއުސް ފިލްމްގެ ޕޯސްޓަރ

 

މިފިލްމްގައި ފެނިގެންދާނީ ކަރީނާ ، އަކްޝޭ ގެ އިތުރުން ދިލްޖިތް އާއި ކިއަރާއެވެ. މިފިލްމްގެ ވާހަކަ ބިނާކޮށް ފައިވަނީ ގުދުރަތީގޮތުން ދަރި މައި ނުވާ އަންހެނަކު އައިވީއެފް ގެ އެހީގައި މަންމަ އަކަށް ވުމުގެ އުފާލިބިގެންދާ ތަނެވެ. މިފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

“ގުޑް ނިއުސް” ގެ ޝޫޓިންތަކަށް ކަރީނާގެ ދަރިފުޅު ތައިމޫރު ގެންދާތަން ފެނި މީގެ ކުރިން އަޑުފެތުރިފައިވާ ގޮތުގައި ތައިމޫރު މިފިލްމްގެ ކުޑަ ރޯލަކުން ފެނިގެންދާނެއެވެ. މި ސުވާލު ކުރުމުން ކަރީނާ ބުނެފައިވަނީ ތައިމޫރު ފިލްމް ކުޅެންވީ ކީއްވެގެން ތޯއެވެ. “ތައިމޫރު އަހަންނާ އެކު ޝޫޓިންގ ތަކަށް ގެންދަނީ އޭނަޔާ އެކު އަހަރެން ވަގުތު ހޭދަކުރަން ބޭނުންވާތީ. ތައިމުރު އަދި ފިލްމަކުން ނުފެންނާނެ” ކަރީނާ ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.

އުމުރުން 39 އަހަރުގެ ކަރީނާ އާއި ސައިފް ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. ތައިމުރު އުފަން ފެވައިވަނީ 2016 ވަނަ އަހަރު ޑިސެމްބަރ މަހުގައެވެ. ތައިމުރު އަކީ ބޮލީވުޑްގެ އެހެން ތަރިންގެ ކުދިންނަށް ވުރެން މީޑިއާގެ ސަމާލުކަން ހުއްޓިފައި ވާ ކުއްޖެކެވެ. މަސައްކަތުގައި އަވަދިނެތި އުޅުނު ކަމުގައިވިޔަސް އެންމެ “ސްޓައިލިޝް ކިޑް” ގެ ނަމުން ވެސް މަޝްހޫރު ކަން ހޯދަފައިވާ އެ ދަރިފުޅާއެކު ސައިފް އަދި ކަރީނާ ގިނަވަގުތު ހޭދަކުރަ ކަމަށް ބުނެއެވެ.