English Edition
Dhivehi Edition

މިއަދު ކުރިއަށްދާ ލޯކަލް އިންތިހާބުގައި ވޯޓު ފޮށި ބަންދުކުރާ ވަގުތު އިތުރުކޮށްފި އެވެ. ކުރިން އޮތީ 4:00 ގައި ބަންދުކުރާ ގޮތަށް ނަމަވެސް ހުރިހާ ވޯޓެއް ފޮއްޓެއް ބަންދުކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަދު އިރުއޮއްސި 6:00 ގަ އެވެ. މީގެ އިތުރުން ލަހުން ވޯޓު ލާން ފެށުނު ވޯޓު ފޮށިތައް ބަންދުކުރާނީ މިރޭ 8:00 ގައި ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. ބައެއް ދާއިރާތަކުގައި އޮފިޝަލުން ހަމަނުވެގެންނާއި އެ ނޫން ވެސް ސަބަބުތަކާހުރެ ވޯޓުލުން ފެށުން ލަސްވެފައިވެއެވެ. މި މަރުކަޒުތަކަށް ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު އިންތިޚާބަށް މާ ބޮޑު ތަރުހީބެއް ނެތްކަން ފާހަގަކުރެވެއެވެ. އައްޑޫގެ އެކި ދާއިރާތަކުގައިވެސް ވޯޓުލާން ނިކުމެފައިތިބީ އެހެން ފަހަރުތަކާ ބަލާއިރު މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. ވޯޓުފޮށި ބަންދުކުރާ ގަޑި ގާތްވަމުން އަންނައިރު ބައެއް ފޮށިތަކަށްވޯޓުލާފައިވަނި ގާތްގަނޑަކަށް 200 އެއްހައި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.