English Edition
Dhivehi Edition

ހިޔާ ޓަވަރަކުން 16 އަހަރުގެ ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 1:30 ހާއިރު ހިޔާ ފްލެޓްގެ އެޗް 5 ޓަވަރުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ.

އަދި އެކުއްޖާ ވެއްޓިފައި ވަނީ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިންކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.