English Edition
Dhivehi Edition

އެމްޑީޕީ ސަރުކާރަކުން އިންތިހާބު ކައިރި ކޮށް އައްޑޫ ސިޓީ ގެ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ނުޖެހޭނޭ ކަމަށާއި އައްޑޫ ސިޓީ އާއި އެމްޑީޕީއާ ދެމެދު އޮންނާނީ ހިތާ ހިތުގެ ގުޅުމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ގެނައުމަށްޓަކައި އައްޑޫގެ ރައްޔިތުން ބޮޑެތި ގުރުބާނީތަކެއްވެފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އައްޑޫ ސިޓީގައި ތަރައްޤީގެ އެއްވސް މަޝްރޫއެއް ނުހިންގާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ފައްޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ އާއި އެމްޑީޕީއާ ދެމެދު އޮންނާނީ ހިތާ ހިތުގެ ގުޅުމެއްކަމަށެވެ. ” ނުވާ ވަރުގެ ކަމެއް ވެއްޖެއްޔާ ބުނީމަ ބަލައިގަންނާނެ. ވާވަރުން ވާކަންކަން ވާހިސާބަށް ދިޔުމުން ފަށަނީ. އެއް އަހަރުތެރޭ އިންތިހާބެއް އައުމަކީ ހުރަހަކަށް ނުވާނެ” ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރަކަށް ނިޒާރު ހޮވަންޖެހޭ ކަމަށް ބުނެ ކޮށްފައިވާ ޓުވިޓަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ އައްޑޫއަށް ގެނެސްފައިވާ ތަރައްގީގެ މަޝްރޫއުތަަކަށް ސިޔާސީ ބޭނުމަކަށްޓަކައި ގެއްލުން ދެމުންދާ ދިއުމަކީ ދެރަކަމެއް ކަމަށެވެ. އަދި އައްޑޫއާއި މެދު އިހުމާލުވެފައި އޮތް އޮތުން އެންމެ ރެއަކުން ބަދަލުނުކުރެވޭނެ ކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ރައްޔިތުން ކަންކަމަށް ނުރުހުނަސް، ސަރުކާރުން ބަދަލުތައް ގެންނާނެކަމަށެވެ.