English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

އިދިކޮޅު އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ވަރުގަދަކުރަން މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށަން އެ ޕާޓީން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއަށް މި ފަހުން ބޭއްވި ތިން އިންތިހާބުގައިވެސް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު އިރު ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވަނީ އިންތިހާބުތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު ހިޔާލުތައް ހިއްސާކުރައްވައިފައެވެ.

އެމްޑީޕީގެ ކުރީގެ ޚިދުމަތްތެރިންނާއެކު ބައްދަލުވުންތަކުން ލިބިފައިވާ ޚިޔާލުތައް ވެސް ހިއްސާކުރައްވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެންނަން ޖެހޭކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ މުއައްސަސާއެއްގެ ގޮތުގައި ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއްކަމަށެވެ.

 

އެ ކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރާއި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ވާނެކަމަށެވެ.