English Edition
Dhivehi Edition

އިންސާނީ ހައްގުތަކާއި ޒިންމާތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ސ.އަތޮޅު މަދުރަސާގައި ބާއްވައިފިއެވެ.

އަތޮޅު މަދުރަސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން އިއްޔެ ބޭއްވި މި ސެޝަނުގައި އިންސާނީ ހައްގުތަކާއި ޒިންމާތައް ފާހަގަކޮއްފައިވެއެވެ. އިންސާނީ ހައްގުތަކާ ޒިންމާތައް އެކި ޑިޕާޓްމެންޓްތަކުގެ މައުލޫމާތުވެސް ހިއްސާކޮއްފައިވެއެވެ. ސީ.އާރު.ސީ (ކޮންވެންޝަން އޮފް ދަ ޗައިލްޑް) ގެ ތަފްސީލީ ތައާރަފެއް ވެސް ވަނީ ދީފައެވެ.

މިސެޝަން ކުރިޔަށް ގެންދިއުމުގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ފެސިލިޓާސް ކަމުގައިވާ އާމިނަތު ރީނާ އަދި އައިޝަތު ޝާޒްލީން މޫސާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. ރީނާ ވިދާޅުވީ މި ސެޝަންގެ އެންމެ ބޮޑު މަގްސަދަކީ އިންސާނީ ހައްގުތަކަށް ކުދިން ހޭލުންތެރި ކުރުވައި ހައްގު ތަކާއި ގުޅިގެން ޒިންމާތަކެއް ވާކަން ކުދިންނަށް ކިޔައި ދިނުންކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރީނާ ވިދާޅުވީ ކުރީގައިވެސް މިކަހަލަ ސެޝަން ތަކެއް އައްޑޫގައި ބޭއްވިފައިވާ ކަމަށެވެ.