English Edition
Dhivehi Edition

މި އަހަރު އެންމެ ގިނަބަޔަކު ގޫގަލް އިން ސާޗްކުރި މަޝްހޫރު މީހުންގެ ނަންތަކުގެ ތެރޭގައި ރަނޫ މޮންޑަލްގެ ނަން ހިމެނިއްޖެއެވެ.

ގޫގަލް އިންޑިއާއިން ކޮށްފައިވާ މިދިރާސާގައި ވަނީ، ފިލްމް،މަޝްހޫރު މީހުން، ލަވަ، ކުޅިވަރު ހަފްލާތައް އަދި ހަބަރުތައް ހިމަނާފައެވެ. މި ދިރާސާގައި ބުނެފައި ވަނީ ގޫގަލް އިން އެންމެ ގިނައިން ސާޗް ކުރި ފަންނާނުންގެ ނަންތަކުގެ ތެރޭގައި ރަނޫގެ ނަން ހިމެނެނީ 7 ވަނައަށް ކަމަށެވެ.

ލަތާގެ ލަވައެއް ބެންގަލްގެ ރޭލްވޭ ސްޓޭޝަނެއްގައި ކިޔާލުމުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ރަނޫ މަންޑެލް އަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޝްހޫރުކަން ހޯދި ފަންނާނެކެވެ. ރަނޫ މަޝްހޫރު ވީ ރޭލްވޭ ސްޓޭޝަންގައި “އެކްޕިޔާރުކަ ނަގްމާހޭ” މިލަވަ މީހަކަށް ކިޔައިދިނުމުން އެމީހާ އެލަވަ ވީޑިއޯ ކުރުމަށްފަހު ސޯޝަލް މީޑިއާގައި އެވީޑިއޯ ހިއްސާކުރުމުންނެވެ. ރަނޫގެ ވީޑިއޯ ވައިރަލް ވުމާއެކު މަޝްހޫރު ލަވަކިންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ ހިމޭޝް ރޭޝަމިއާ ވަނީ ލަވަކިޔަން ރަނޫ އިތުރަށް ޓްރެއިންކޮށް އޭނަގެ ފިލްމު “ހެޕީ ހާންޑީ އެންޑް ހީރް” އަށް ރަނޫލައްވާ ލަވައެއް ކިޔުއްވާފަ އެވެ. އެ ލަވައަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ރަނޫ މަޝްހޫރު ވުމާއެކު އޭނަ އަށް ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް އޭނަ އަކީ ވަރަށް ގިނައިން މަލާމާތް ރައްދު ވަމުންވެސް އަންނަ ފަންނާނެކެވެ.

އުމުރުން 59 އަހަރުގެ ރަނޫއަކީ އޭނަގެ ފިރިމީހާ މަރުވުމަށްފަހު ނިކަމެތިި ދިރިއުޅުމެއް އުޅެމުނަ އައި މީހެކެވެ. އޭނަ ބުނާ ގޮތުން ދިރިއުޅުމަށް އާމްދަނީ ހޯދުމަށް އޭނަ ކުރާ މަސައްކަތަކީ ރޭލްވޭ ސްޓޭޝަންގައި މީހުންނަށް ލަވަ ކިޔައި ދިނުމެވެ. ރަނޫއާއި އޭނަގެ ފިރިމީހާ އަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. އޭނަވަނީ ބައްޕަ މަރުވުމާއެކު ފަގީރު ދިރިއުޅުމެއްގައި ނޫޅެވޭނެ ކަމަށް ބުނެ ކައިވެންޏެއް ކޮށް މަންމަ ދޫކޮށް ގޮސްފައެވެ. ނަމަވެސް ރަނޫ މަޝްހޫރު ވުމާ އެކު އޭނަވަނީ ރާނޫ ކައިރިއަށް ދިރިއުޅުން ބަދަލުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.