English Edition
Dhivehi Edition
ޤުރުއާން ހިތުދަސްކުރި މާހުއާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އިސްލާމިކް މިނިސްޓްރީ)

ޚާއްސަ އެހީއަށް ބޭނުންވާ މަރިޔަމް މާހު ހަމީދު، ކީރިތި ޤުރުއާން ހިތުދަސް ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ، ޑރ. އަހްމަދު ޒާހިރު އޭނާއާއި ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު އިސްލާމިކް މިނިސްޓްރީގަ އެވެ. މިނިސްޓަރު ވަނީ މާހުގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާއަށް ހަދިޔާއެއްވެސް އަރުވައިފަ އެވެ.

މިނިސްޓަރ ޒާހިރު އާއެކު ބޭއްވި އެ ބައްދަލުވުމުގައި މާހުގެ އިތުރުން މާހުގެ މަންމަވެސް ވަނީ ބައިވެރިވެފަ އެވެ.

Image

އެ ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެ ގޮތްތައް ފަހިކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޤުރުއާން ހިތުދަސްކުރުމަކީ މިނިސްޓަރު ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ހިތުދަސް ކުރުމަށްފަހު ވެސް އަބަދުވެސް ޤުރުއާން މުރާޖަޢާ ކުރަންޖެހޭނެ ކަމަށާއި، އެކަން މާހުވެސް ކުރުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ޅ. ނައިފަރަށް އުފަން މާހު އަކީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި ހިއުމަން ރިސޯސް (އެޗްއާރު) ކޯޑިނޭޓަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން އަންނަ ޒުވާނެކެވެ.

އޭނާ ޤުރުއާން ހިތުދަސް ކުރުމާއި ގުޅިގެން މޯލްޑިވިއަން އިންވެސް ވަނީ މާހުއަށް މަރުހަބާ އާއި ތަހުނިޔާ ކިޔައިފަ އެވެ.