English Edition
Dhivehi Edition

ފުވައްމުލަކު ހޮސްޕިޓަލުގ ޑައިލިސިސް ޔުނިޓް، ރައީސުލް ޖުމްހޫރިއްޔާގެ ނައިބް،ފައިސަލް ނަސީމް ހުޅުއްވަވައި ދެއްވައިފިއެވެ.

ނައިބުރައީސް ފުވައްމުލަކަށް ވަޑައިގެންނެވީ މިއަދު ހެނުދުނުގެ ވަޤުތެއްގައެވެ. އެ އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފު އަދި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީހުގެ އިސްވެރިންނާއި މުވައްޒަފުން އަދި އާއްމު ރައްޔިތުންވެސް ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ.މުޞްޠަފާ ލުޠުފީ އާއި ހެލްތްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާހްއުމަރާއި އަދި މިނިސްޓްރީގެ އެހެނިހެން އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ވަޑައިގެންނެވީ މިއަދު ހެނދުނު އައްޑޫ ސިޓީ އަށް ޒިޔާރަތް ކުރައްވައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާ ލެއްވުމަށްފަހުއެވެ.