English Edition
Dhivehi Edition

ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ނައިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްއަށް ވަޑައިގެންނެވި، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްވި ފަރިކޮޅެކެވެ. މިފަރިއްކޮޅު އޮތީ ހޮނިހިރު ދުވަހުގެ ރޭ ޑާކާ އިންޓަރކޮންޓިނެންޓަލް ހޮޓެލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، 6 ވަނަ އިންޑިއަން އޯޝަން ކޮފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.