English Edition
Dhivehi Edition

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ މަންމަ، ފިނިވާގެ / ށ. މަރޮށި، ސަޢީދާ މުޙައްމަދު (ދޮންމަންޖެ) ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

މިނިސްޓަރ ޒާހިރުގެ މަންމަ ނިޔާވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

މިނިސްޓަރ އަހްމަދު ޒާހިރުގެ މަންމަގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި މާލޭ އިސްލާމީ މަރުކަޒުގަ އެވެ.

އެކަމަނާގެ ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.