English Edition
Dhivehi Edition

މިރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.މަންޒަރު ދުށް މީހުން ހާމަ ކުރާގޮތުގައި ޒަޚަމްކޮށް މަރާލާފައިވަނީ ޢުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އޭނާ މިހާރުވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެމީހާގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ޒަހަމްވެފައިވާ މީހަކު 21:22 އެހާކަށްހާއިރު ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭނާ ނިޔާވެފައިވާ ކަން ޑޮކްޓަރު ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ. އެމީހާ ފެނިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ހިތިގަސްމަގުގައި ހެދިފައިހުންނަ ބިޔަގަސްތަކާއި ހެދީ ވަރަށް އަނދިރި ވެފައި އޮންނަ ސަރަޙައްދަކުންނެވެ. 2017 ގެ ތެރޭވެސް ވަނީ މި ސަރަޙައްދުން މީހަކަށް ހަމަލާދީ މަރާލާފައެވެ.

މިމައްސަލާގައި ފުލުހުންވެސް ވަނީ މީހަކަށް ތޫނު އެއްޗަކުށް ހަމަލާދީގެން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އަދިއެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވިދާޅުވެފައެވެ.