English Edition
Dhivehi Edition

ސ.އަތޮޅުމަދަރުސާގެ މިއަހަރުގެ ސްކޫލް ކެޕްޓަނަކަށް އެސްކޫލުގެ ގްރޭޑް 12 ގެ ދަރިވަރު ފާތިމަތު ނަދާ ހޮވައިފިއެވެ. 2015 ވަނަ އަހަރުގައިވެސް ސ.އަތޮޅުމަދަރުސާގެ ކެޕްޓަނަކީ ނަދާއެވެ.

މިއަދު ހެނދުނު 8:15 ގައި ސ.އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ދަރިވަރުންނާއި މަގާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މަދަރުސާގެ ކުލަބުތަކާއި ހައުސްތަކުގެ އިސްމަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ވެސް ވަނީ މަގާމު ހަވާލުކޮށްފައެވެ. މިއަހަރުގެ އަތޮޅު މަދުރަސާގެ ޕިއުޓީ ކެޕްޓަނަކަށް ހޮވިފައިފައިވަނީ ގުރޭޑު ދިހައެއް އޭގެ ދަރިވަރު ޝިއުމާ އަލީއެވެ. އަދި އެކްޓިވިޓީސް ކެޕްޓަނަކަށް ހޮވުނީ ދިހައެއް އޭގެ ދަރިވަރު މަރިޔަމް ޝިއުނާއެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެޙުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައިވަނީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްޢާޒީ އައްޝައިޙު މުޙައްމަދު ތޮއްޔިބެވެ. ޝަރަފުވެރިމެހުމާނު ވަނީ ދަރިވަރުންނާއި މުޙާތަބުކޮށް ރަސްމިއްޔާތާގުޅޭ ނަސޭޙަތުގެ ވާހަކަ ދައްކަވާފައެވެ.

ހުޅުމީދޫގެ މުއައްސަސާ ތަކުގެ އިސްވެރިންނާއި ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުރުން އެދަރިވަރުންގެ ބެލެނިވެރީންވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.