English Edition
Dhivehi Edition

ލިޔުނީ:މަރިޔަމް ސަރާ ސާދިރު/

ކޮންމެ އަހަރަކުވެސް އިރުޝާދިއްޔާ ސްކޫލްގެ ބިޒްނަސް ޑިޕާރޓްމެންޓުން ބާއްވާ ކޮމްފެސްޓް އަންނަ ހަފްތާގައިބޭއްވުމަށް ހަަމަޖައްސައިފިއެވެ.

މިހަރަކާތުގެ ތެރެއިން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް އާރޓް ކޮމްޕެޓިޝަނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެކައުންޓް ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށް ޓެލީ އިން ޓައިމްގެ ނަމުގައި މުބާރާތެއް ބޭއްވުމާއި،ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތަކާއި ކުއިޒް މުބާރާތެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ބޭންކްތަކުގައި ފައިސާގެ މުޢާމަލާތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭންކިންގް ސެމިނާއެއްވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނާގައި މައުލޫމާތުދެއްވާނީ ކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންކަމަށް އެސްކޫލުން ބުނެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ކޮމްފެސްޓް އަކީވެސް ކާމިޔާބު ކޮމްފެސްޓަކަށް ހެދުމަށް ސްކޫލުގެ ޓީޗަރުންނާ ދަރިވަރުންދަނީ މަސައްކަތްކުރަމުންނެވެ.