އައްޑޫ ސިޓީގެ ތިން ސްކޫލެއްގެ ގާލްގައިޑު ދަރިވަރުންނަށް ޓްރެފިކް އެޑިޔުކޭޝަން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 7 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ފޭދޫ ސްކޫލާއި ހިތަދޫގެ ސްކޫލުގެ އިތުރުން އިރުޝާދިއްޔާ ސްކޫލުގެ ގާލްގައިޑުންނަށެވެ.
މި ސެޝަނުގައި ޓްރެފިކް އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާ އަދި މަގުމަތީގައި އުޅޭއިރު ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރި ކަންކަމުގެ އިތުރުން ބައިސްކަލު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ޓްރެފިކް ނިޝާންތަކުން އަންގައިދޭ ކަންކަމާއި ޓްރެފިކް ނިޝާންތަކަށް ބެލުމެއްނެތި އުޅަނދު ދުއްވުމުން ނުކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ގަން ޕޮލިސްގެ ރެސްޕޮންސް އެންޑް ޕެޓްރޯލްގެ ފުލުހުންނެވެ.