English Edition
Dhivehi Edition

ދިވެހި ބަހާއި ދިވެހިވަންތަކަމަށް އިސްކަންދިނުމަކީ އައު އަހަރުގެ އަޒުމަކަމަށް ހެދުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެދިވަޑައިގެންފިއެވެ.

މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ބައެއް މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަންނަ އަހަރު ކޮންމެ ކުއްޖަކުވެސް ބަހާއި އަދަބިއްޔާތާއި ދިވެހި ވަންތަކަމުގެ ދައިރާއިން ކޮންމެސްކަމެއް އަމިއްލަ ނަފްސުގެ މައްޗަށް އިސްކުރުން މުހިންމުކަމަށެވެ. އެގޮތުން ސުކޫލު މާހައުލުގައްޔާއި ރަހުމަތްތެރިންގެ ތެރޭގައި މުއާމަލާތްކުރުން ފަދަ ކަންކަމުގައި މި ދާއިރާތަކުން ބޭނުން ހިފުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ތާޖުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ ނާތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ ތިން މުބާރާތްކަމުގައި ވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ވަނީ ފާޅުކޮށްފައެވެ.

މި ތިން މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލާއިގެން ބާއްވާފައިވާ މުބާރާތްތަކެކެވެ. މި މުބާރާތްތަކުން ސްކޫލުތަކުގެ ބައިގެ ކޮންމެ އުމުރުފުރާއަކުންނާއި އަމިއްލަ ފަރާތްތަކުގެ 18އަހަރުން ދަށާއި 18އަހަރުން މަތީގެ ގިންތީން އެއްވަނަ، ދެވަނަ، ތިންވަނަ ދަރިވަރުންނާއި، މީހުން ވަނީ ހޮވާފައެވެ.

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް: ސުކޫލުތަކުގެ ބައި

– ދަށު ސާނަވީ ގިންތި: 1 ވަނަ އާއިޝަތު ޒަކާއު ވަސީފު/ ޝަރަފުއްދީން ސުކޫލް
– ސާނަވީ ގިންތި: 1 ވަނަ އާއިޝަތު މަލާކް ޤުސައްޔު/ އާޒީ ސުކޫލް
– މަތީ ސާނަވީ ގިންތި: 1 ވަނަ ޝުއާއު އިސްމާއިލް ޝާން/ އަހްމަދިއްޔާ އިންޓާރނޭޝަނަލް ސުކޫލް

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް – އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން ދަށުގެ ބައިން 1 ވަނަ

– ހައްވާ ޒާއިން ޒަމީލް/ މ. ސަމޭދާން، މާލެ

މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތް- އަމިއްލަ ފަރާތްތަކުގެ ބައި 18 އަހަރުން މަތީގެ ބައިން 1 ވަނަ

– ޝިމްލާ އާދަމް/ ޕްލޮރެންސް ގއ. ދާންދޫ

އައްޝައިހް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދަނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް

– ދަށު ސާނަވީ ގިންތި: 1 ވަނަ ފާތިމަތު އަޒްކާ – އަބްދުﷲ / ޖަމާލުއްދީން ސުކޫލް
– ސާނަވީ ގިންތި: 1 ވަނަ ފާތިމަތު ޔަސްމީ ފާއިޒު/ ފުނަދޫ ސުކޫލް
– މަތީ ސާނަވީ ގިންތި: 1 ވަނަ ސާއިބް މިހައްމަދު ޒަހީން / ވިލާ އިންޓާރނޭޝަނަލް ހައި ސުކޫލް

ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް: އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ

– ޝާޔާން އަބްދުﷲ އާމިރު/ ގުލްޒާރުގެ ބ. ތުޅާދޫ

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް- އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން 1ވަނަ

– ރަމްޒީނާ މުހައްމަދު / ރަތްވިލާގެ. ނ. ޅޮހި

ހުތްއަލީ ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 27 ވަނަ މުބާރާތް

– ދަށު ސާނަވީން ގިންތި: 1 ވަނަ ފާތިމަތު މިޝްކާ އަބްދުލްމަޖީދު. ޖަމާލުއްދީން ސުކޫލް
– ސާނަވީ ގިންތި: 1 ވަނަ ފާތިމަތު ސާރާ ނަޒީރު / ޖަމާލުއްދީން ސުކޫލް
– މަތީ ސާނަވީ ގިންތި: 1 ވަނަ ޖުމާނާ ހަމީދު އަލީ / އިހަވަންދޫ ސުކޫލް

މި މުބާރާތުން 18 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހޮވޭ ވަރަށް އެއްވެސް ބައިވެރިއަކަށް މާކްސް ލިބިފައި ނުވޭ
– 18 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނަ އަލީ ނައުފަލް / އޯކިޑްމާގެ ށ. ޅައިމަގު

މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިންނާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ބައިވެރިން ވަނީ ވާދަކޮށްފައެވެ. މި މުބާރާތްތަކުގައި 121 ސްކޫލެއްގެ ދަރިވަރުންނާއި އަމިއްލަ މީހުންނާ އެކު ޖުމުލަ 2423 މީހުން ބައިވެރިވިއެވެ. މި މުބާރާތްތަކުގައި އަތޮޅުތަކުން 100 ސުކޫލަކުންނާއި މާލޭ ސަރަހައްދުން 21 އިސްކޫލަކުން ވަނީ ވާދަކޮށްފައެވެ.