English Edition
Dhivehi Edition

އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

2015 ވަނަ އަހަރު އުމަރުގެ އިސްނެންގެވުމާއެކު ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އެޅުވުމަށް ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ އީސީސީ އިން ބަލަން ފަށާފައިވާއިރު، ޓެގުގެނެވުން ބަޔަކާހަވާލުކޮށްފައިވަނީ އުމަރުގެ ނުފޫޒުން ކަމަށް އޭރު ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޭސީސީ އިން އެ ބިޑްގެ މައުލޫމާތު އެނގޭ މީހުންގެ ބަޔާންތައް ނަގަމުން އަންނައިރު އެ ދުވަސްވަރު އެ މަސައްކަތް ހަވާލުކުރީ ކޮން ކުންފުންޏަކާ ކަމެއް އަދި އެގިފައެއް ނުވެއެވެ. މިކަމާއި ބެހޭ ގޮތުން އަދި މިހާތަނަށް އެސީސީގެ ރަސްމީ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި ޓެގް އަޅުވަން ފެށީ އެ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށެވެ.މި ގޮތުން އެ ޓެގު އަޅުވާފައިވާ މީހުން އުޅޭނޫޅޭ ގޮތް ފުލުހުންގެ އިދާރާގައި ގާއިމް ކޮށްފައިވާ ސިސްޓަމެއްގެ އެހީގައިބަލާލެވެއެެވެ.