English Edition
Dhivehi Edition
މާލޭ ލޯކަލް މާރުކޭޓު - ފޮޓޯ: ދަ ލޭޒިންގ ވޮންޑަރަރ
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ މާދަމާ އިން ފެށިގެން 19 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް އެ ކައުންސިލުން ދޫކުރާ ފޯމުން ކަމަށާއި، އެ ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު އެ ކައުންސިލުން ލިބެންހުންނާނެ ކަމަށެވެ.

އަދި އެ ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން އެ ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި، ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓުވެސް ލިބޭނެ ކަމަށެވެ.