English Edition
Dhivehi Edition

އިންޑިޔާގެ ރޭލު ސްޓޭޝަނެއްގައި ލަވަކިޔައި މީސްމީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ރަނޫ މޯންޑަލް ގެ ފޮޓޯއެއް އެޑިޓް ކޮށްފައި ފޭކު މޭކަޕެއް ކޮށްފައިވާ ފޮޓޯއެއް ދައުރުވަމުންދަނިކޮށް ރަނޫގެ އަންހެން ދަރިފުޅު އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ “އޭކް ޕްޔާރްކާ ނަގްމާ ހޭ” މި ލަވަ ކިޔައި މަޝްހޫރުކަން ހޯދި ރަނޫގެ އަންހެން ދަރިފުޅު އެލިޒަބަތު ސާތީ ރޯއި ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ މަންމަގެ ފޮޓޯ އެޑިޓްކޮށް މަންމައާއި ދިމާކުރާތީ އެކަމާއި ހިތާމަ ކުރާ ކަމަށެވެ. އެލިޒަބަތު ވަނީ ރަނޫ އަށް ހިތްވަރު ވެސް ދީފައެވެ. އޭނާ ބުނީ ކިތަންމެ ވަރަކަށް ރަނޫގެ ފޮޓޯއަށް ޖޯކު ޖެހިކަމުގައި ވިޔަސް ރަނޫގެ ލަވަތައް މީހުން އަޑުއަހާނެ ކަމަށާއި ރަނޫގެ ލަވަތަކަށް މީހުން ލޯބި ކުރާނެ ކަމަށެވެ.

ރަނޫގެ މޭކަޕް އާޓިސްޓް ސަންދްޔާ ވަނީ ދާދިފަހުން ރަނޫގެ އަސްލު ފޮޓޯއާއެކު ފޭކް ފޮޓޯ އޭނަގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭނާ ބުނީ މިކަހަލަ ފޮޓޯތަށް ފެނުމުން އޭނާވެސް ހިނިއަންނަ ކަމަށާއި އޭނާވަނީ މިކަމާއި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.