English Edition
Dhivehi Edition
ރަނޫ މޯންޑަލް

މިހާރު މީސްމީޑިޔާގައި އެންމެ ހިނގާ އެއް ވީޑިއޯ އަށް ވެގެންދާނީ ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ “އޭކް ޕްޔާރްކާ ނަގްމާ ހޭ” މި ލަވަ ކިޔާފައިވާ ރަންއަޑުގެ ވެރިޔާގެ ވީޑިއޯ އެވެ. މި ވީޑިއޯ އަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހިއްސާކޮށް ބަލާފައިވާ ވީޑިއޯއެކެވެ.

އީސްޓް ބަންގާޅުގެ ރަނާގަތް ރޭލު ސްޓޭޝަން ހިސާބަށް އުފަން ރަނޫ މޯންޑަލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ކިޔާފައިވާ ލަވައިން އެތައް ހާސް ބައެއްގެ ހިތް އަތުލާފައެވެ. އެގޮތުން އޭނާގެ ކިޔާފައިވާ ލަވަ 3.9 މިލިއަން މީހުން މިހާރު ބަލާފައިވާ އިރު 59.7 ހާސް މީހުން ވަނީ މި ލަވަ ހިއްސާވެސް ކޮށްފައެވެ.

ގިނަ ބައެއްގެ ކޮމެންޓުތަކުން މި ވީޑިޔޯ ވައިރަލް ވަމުން ގޮސް މިހާރު މިވަނީ ރަނޫ މޯންޑަލް ސެލެބްރިޓީ އަކަށް ވެފައެވެ. މީސް މީޑިޔާ އަކީ މީހެއްގެ އަނދިރި ދިރިއުޅުން އުޖާލާ ކޮށްލަން ކުރިމަތި ވެދާނެ ސަބަބެއްކަން މިއަދު މިވަނީ ރަނޫ މޯންޑަލް ތަޖުރިބާ ކޮށްފައެވެ.

ރަނޫއަށް މިހާރު ބަންގްލަދޭޝް ގެ އެކި ހިސާބުތަކުން، ޝޯދިނުމަށް ރިކުއެސްޓުތައް ދަނީ ލިބެމުންނެވެ. އެގޮތުން ކޮލްކަޓާ، މުމްބާއި އަދި ކެރަލާ އިން އޭނާއަށް ޝޯތައް ހުޝައަޅާދޭން ވަނީ ރިކުއެސްޓު ލިބިފައެވެ. މީގެ އިތުރުން އޭނާއަށް ދަނީ އޭނާގެ އަމިއްލަ އަލްބަމެއް އުފެއްދުމަށް ވެސް ރިކުއެސްޓުތައް އެކި ފަރާތްތަކުން ދެމުންނެވެ.

ދާދި ފަހުން ރަނޫއަށް ވަނީ މުމްބާއީގައި ބާއްވާ ރިއަލިޓީ ޝޯއަކަށްވެސް ދައުވަތު ލިބިފައެވެ. އަދި އެފަރާތުން ވަނީ ރަނޫގެ ދަތުރުގެ ޚަރަދުވެސް ދޭނެކަމަށް ބުނެފައެވެ.

ރަނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހަދައެވެ.