މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މީސް މީޑިޔާގައި ލަވައެއް ކިޔައިގެން މަޝްހޫރުވި އިންޑިޔާގެ ގެއްލިފައިވާ ރަންއަޑުގެ ވެރިޔާ ރަނޫ މޯންޑަލް، އޭނާގެ ފުރަތަަމަ ލަވަ ކިޔައި މީސްމީޑިޔާ ދެވަނަ ފަހަރަށް އޭނާގެ އަޑުގެ ޖާދޫގައި ޖައްސައިފި އެވެ. ގިނަ ބައެއް ރަނޫގެ ރީތި އަޑު އިވުމުން ރަނޫއަށް ލަވަކިއުމަށް ހުށައެޅުންތައް ހުށައެޅި އެވެ.
ރަނޫ މިފަހަރު ފެނިގެން މިދިޔައީ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ ހިމޭޝް ރެޝަމިއްޔާއާއި އެކު ޑުއެޓް ލަވަޔަކުންނެވެ. ހިމޭޝް ވަނީ އޭނާ ނެރޭ ދެ ފިލްމެއްގެ ލަވަޔަށް ރަނޫއަށް ލަވަކިއުމަށް ހުށައަޅާފައެވެ.
ރަނޫ ފުރަތަމަ މީސް މީޑިޔާގައި ތައާރަފް ވި ލަވަ އަކީ ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ “އޭކް ޕްޔާރްކާ ނަގްމާ ހޭ” މި ލަވަ ކިއައިގެންނެވެ. މި ވީޑިއޯ އަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހިއްސާކޮށް ބަލާފައިވާ ވީޑިއޯއެކެވެ. މި ވީޑިޔޯ ލަވަ ދެދުވަސް ތެރޭގައި 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ.
އީސްޓް ބަންގާޅުގެ ރަނާގަތް ރޭލު ސްޓޭޝަން ހިސާބަށް އުފަން ރަނޫ މޯންޑަލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ކިޔާފައިވާ ލަވައިން އެތައް ހާސް ބައެއްގެ ހިތް އަތުލާފައެވެ.
ގިނަ ބައެއްގެ ކޮމެންޓުތަކުން މި ވީޑިޔޯ ވައިރަލް ވަމުން ގޮސް މިހާރު މިވަނީ ރަނޫ މޯންޑަލް ސެލެބްރިޓީ އަކަށް ވެފައެވެ. މީސް މީޑިޔާ އަކީ މީހެއްގެ އަނދިރި ދިރިއުޅުން އުޖާލާ ކޮށްލަން ކުރިމަތި ވެދާނެ ސަބަބެއްކަން މިވަނީ ރަނޫ މޯންޑަލް ތަޖުރިބާ ކޮށްފައެވެ.
ރަނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހަދައެވެ.