English Edition
Dhivehi Edition
ފޮޓޯ: މިހާރު

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކަނޑައަޅައިފިއެވެ.

އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން ވަނީ މިމައްސަލައިގައި ހިމެނޭ ފައިސާ އަކީ ދައުލަތައް ލިބެން ޖެހޭ ފައިސާ އަށް ކަމަށްވާތީ ލޯންޑާ ކުރި ފައިސާގެ ފަސް ގުނައަށް ވުރެ ބޮޑުނުވާނެ ގޮތައް ޖޫރިމަނާކޮށް ޔާމީނުއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެމަށެވެ. އަދަބާބެހޭ ގޮތުން ވާހަކަދައްކަމުން ޔާމީންގެ ވަކީލް ޝާހް ވަނީ އަދަބު ކަނޑައެޅުމަށް ޝަރީއަތުގެ އެހެން މަޖިލީހެއް ހަމަޖައްސައިދެއްވުމަށް އެދި ވަޑައިގެންފައެވެ. މީގެ އިތުރުން ވަކީލް ޝާހް ވަނީ ޖޫރިމަނާކުރާ ނަމަ ޔާމީންގެ އެސްކްރޯ އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރުން ޖޫރިމަނާ ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކިފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާއެވެ.