English Edition
Dhivehi Edition
ޕާޓީގެ އާ ރައީސަކަށް އިންތިޚާބުކުރީ ރައީސް ޔާމީން.---ފޮޓޯ: ޕީޕީއެމް

10:09- މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން ފަށައިފި

10:13- ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާ ދައްކަވާފައި ނުވާ އިރު އެއީ ސާބިތު ދަރަންޏެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރަނގަޅަށް: ފަނޑިޔާރު ހުސްނުއްސުއޫދު

10:16- ރައީސް ކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ: ފަނޑިޔާރު ހުސްނުއްސުއޫދު

10:36- ރައީސް ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް. ހުސްނުއްސުއޫދު

ހުސްނުއްސޫއުދު ވަނީ އީސީއިން ރައީސް ޔާމިނަށް އިންތިހާބުގައި ވާދަނުކުރެވޭކަމަށް ނިންމާފައިވަނީ ރަނގަޅަށްކަމަށް ވިދާޅުވެފައި

10:42- ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔައަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ ތާއިދުކޮށްފައި

10:43- ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުކުމް އިއްވަވައިފި.