މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރުމަށް ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަަމަށް ސުޕްރީމް ކޯޓުން ހުކުން ކޮށްފިއެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުން އިއްވަމުން ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމްކޮށްފައިވާ 5 މިލިއަން ޑޮލަރު ދައްކާފައި ނުވާކަމަށެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ ކަމަށާއި އެހެންކަމުން އެއީ ސާބިތު ދަރަންޏެއް ކަމަށެވެ.
މީގެ އިތުރުން ހުސްނުއްސުއޫދު ވިދާޅުވީ ރައީސް ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން ފަށައިފި
ހުސްނުއްސުއޫދުގެ ރައުޔައަށް ބާކީ ފަނޑިޔާރުންވެސް ތާއިދުކުރައްވާފާއިވާއިރު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ހުކުންކޮށްފައެވެ.
މި މައްސަލަ ސްޕްރީމް ކޯޓުގައި ބައްދަލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ