English Edition
Dhivehi Edition

39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީ ކޮންމެ ފިރިހެނަކާއި އަންހެނަކަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މަސްކެނޑުމުގެ މުބާރާތުގެ ޤަވާއިދު ރަސްމީ ބަންދުނޫން ދުވަސްދުވަހު ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރުން އަދި ވެބްސައިޓުން www.fishagri.gov.mv ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެ މުބާރާތް އޮންނާނީ 09 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު 16:00 ގައި ހުޅުމާލޭ “ޔޫތް ސިޓީ މަސްމާރުކޭޓް” ސަރަހައްދުގެ މަސްކެނޑުމަށް ހާއްސަކޮށްފައިވާ ސަރަޙައްދުގައި ކަމަށެވެ.

މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިކަންހުރި ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް އީމެއިލް އިން ހުށަހަޅަން ޖެހޭނެއެވެ.