English Edition
Dhivehi Edition
ބާޒާރުމަތީ ފިހާރައަކަށް މުދާ ބާލަނީ - ފޮޓޯ: މިހާރު

ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީ އިން ދީފިއެވެ.

އެ އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020 އަށް ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް އެ އޮތޯރިޓީ އިން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ނިންމާފައި ވަނީ މި އަހަރުގެ ސްކޫލް ބަންދާއި ގުޅިގެންނެވެ.

މާލޭގައި ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ފުރަތަމަ ފަހަރަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން ދުވާލުގެ އެއްވެސް ވަގުތެއްގައި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، ފަހުން ވަނީ ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށްވުރެ ދަށުގެ މުދާ އުފުލާ އެއްގަމުއުޅަނދުގައި މުދާ އުފުލުމުގެ ހުއްދަ ދީފައެވެ.