English Edition
Dhivehi Edition
އާމިނަތު ޖާބިރު - ފޮޓޯ: ޓްވިޓާ (ޑީއާރުޕީ)

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން، އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.

ޑީއާރުޕީ އިން ބުނީ އެޕާޓީގެ އެސްޖީ ކަމަށް އާމިނަތު ޖާބިރު ހަމަޖައްސާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. އާމިނަތު އެމަޤާމަށް ހަމަޖެއްސުމުގެ ކުރިން ޑީއާރުޕީގެ އެސްޖީގެ މަޤާމުގައި ހުންނެވި ނަހުލާ އަލީ މަޤާމުން ވަކިވެވަޑައިގެން، ޕީޕީއެމް އާއި ގުޅިވަޑައިގަތުމުން ވަގުތީ ގޮތުން އެސްޖީގެ މަޤާމަށް ވަނީ އަބުދުﷲ އަފީފު އޯޝަންރީޑް / ގއ. ކޮލަމާފުށި ހަމަޖައްސައިފަ އެވެ.

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަކަށް އާމިނަތު ހަމަޖައްސާފައިވާއިރު، އެ ޕާޓީގެ ނައިބު ލީޑަރުގެ މަޤާމަށް ވަނީ ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހިމް ޝިހާމް ވެސް ހަމަޖައްސައިފައެވެ.

2015 ވަނަ އަހަރު އުފެދިގެން އައި ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީ އެކެވެ. އެ ޕާޓީގެ ލީޑާރުކަމާއި ޖާބިރު ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ތެރޭގައެވެ.