English Edition
Dhivehi Edition
ޝެއިޚް ޢަލީ ޒައިދު

ޖަމިއްޔަތުލް ސަލަފަކީ ޓެރެރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ބުނެ އެ ޖަމިއްޔާ އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށް ސަލަފް ޖަމިއްޔާ އަކީ ޓެރަރިސްޓް އާއި ދެކޮޅު ބައެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލާދީނީ މީހަކު އިސްވެ ހުރެ، ޒާތީ ހަސަދަ ފިލުވައި، ސަލަފް އުވާލަން ވެގެން މަޖިލިސް ކޮމީޑިއަން ލައްވައި އެވާހަކަ ގޮވައި، ކުޅޭ ކުޅިގަނޑު ބަލަމުން އަންނަ ކަމަށެވެ.


ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ރިޔާސަތަށް އަންގާފައިވާ ކަމަށެވެ.