ދީނީ އެކި މައްސަލަތަކުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ މިދުވަސްކޮޅު ޝެއިހް އަލީ ޒައިދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ
ފުލުސް އޮފީހަަށް ޝެއިހް ޒައިދު ހާޒިރުކުރާ ސީދާ ސަބަބު އަދި އެގިފައި ނުވާއިރު ޝެއިހް ފުލުހަށް ހާޒިރުވުމަށް އަންގާފައި މިވަނީ ލާދީނީ ވާހަކަ ދައްކާ މީހުންނާއި، އެފަދަ މީހުންނަށް އިންޒާރު ދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ
މި މައްސަލަ އާއި ގުޅިގެން ޝެއިހް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދެއްކި ވާހަކަތައް ޓުވީޓާގައި ފެންނަން އެބަހުރި ކަމަށާއި އޭގެ އިތުރުން މީސް މީހުން ޝެއިހް ޒައިދު އާއި ދިމާއަށް ރޯ ބުހުތާނު ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ޕޮލިސް އެކަމަށް ފިޔަވަޅު ނާޅުއްވާކަމަށެވެ. މީގެ އިތުރުން ޝެއިހް ޒއިދުވަނީ ފުލުހުންނަށް އަދުލުވެރިވުމަށް ގޮވާލައްވާފައެވެ.