English Edition
Dhivehi Edition

ފާޅުގައި ދިވެހިންގެ ދީނާއި މެދު ފާޑުކިޔައި އިންޒާރު ދިނުމަކީ ދިވެހިންނަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫންކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.

އީޔޫއިން ނެރުނު ގަރާރު ހަރުކަށިކޮށް ކުއްވެރިކޮށް ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިސްލާމީ އައިޑެންޓްޓީ ގެއްލޭނެ ފަދައިން ޤާނޫނު އަސާސީ ބަދަލުކުރުމަށް އިޔޫން ހުށައެޅި ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ.

“ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ގޮވާލާފައިވަނީ ރާއްޖެއަށް ނަފުރަތުކުރާ މަދުބަޔަކާއި ބޭރުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން ދިވެހިންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް. އަދި މިއީ ދިވެހިންނަށް ހެޔޮއެދިގެން ކުރާ ކަމެއް ނޫންކަން ކޮންމެ ދިވެއްސަކުވެސް ދަންނަޖެހޭ” ސަލަފުގެ ބަޔާނުގައިވެއެވެ.

އީޔޫގެ ބަޔާނަކީ ނުރައްކަލަކަށް ގޮވާލުންކަމަށާއި މިކަމަށް އެއްވެސް ދިވެއްސަކު އިޖާބަނުދިނުމަށްވެސް ސަލަފުން ވަނީ ގޮވާލާފައެވެ.

ދިވެހިން އެހެން ދީންތަކަށް ފުރަގަސްދީ އިސްލާމްދިން މަތީގައި ދިރިއުޅޭތާ 800 އަހަރު ވެފައިވާއިރު، މިގޮތުގައި އަބަދުވެސް މި ޤައުމު ކުރިއަށްގެންދާނެކަމަންވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.