މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ އިދާރާއިން އިން ވިދާޅު ވިގޮތުގައި މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 0930 އިން މެންދުރު 1330 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ފ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ހަމައަށެވެ. އެ އިދާރާއިން ވިދާޅުވީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށެވެ.
ރާއްޖޭގެ އެހެން ހިސާބުތަކުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
Alert White for heavy rain and thunderstorms. pic.twitter.com/UXNHLlmDOz
— Maldives Meteorology (@MetMaldives) November 20, 2019
ވައިޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރު ދެކުނުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.