English Edition
Dhivehi Edition

ފްރާންސްގެ ތުލޫސްގައި އޮތް 150 މީޓަރުގެ ބްރިޖެއް ވެއްޓިއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި ކުޑަ ކުއްޖަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުން ދާއިރު މަރުވެފައި ވަނީ 15 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

ކޯރެއް މަތީގައި އަޅާފައި އޮތް މި ބްރިޖް ވެއްޓުނު އިރު ބްރިޖް މަތީގައި 3 އުޅަނދު އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު އެ ބްރިޖަކީ ވަކި ވަރަކަށް އުޅަނދު އަރުވަން އޮންނަ ބްރިޖެކެވެ.

ބްރިޖް މަތިން ދުއްވާފައި ދިޔަ ވެހިކަލް ތަކުގައި ތިބި މީހުން ކޯރަށް ވެއްޓިފައިވާއިރު 60 ޑައިވަރުން ދަނީ އެ ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ. މީހުން ހޯދުމުގައި 3 ހެލިކޮޕްޓަރުވެސް އެ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.

ލޯކަލް އޮތޯރިޓީން ވަނީ ވެއްޓުނު އެ ބްރިޖާއި ކައިރީގައި ހުރި އެހެން ބްރިޖެއްވެސް މި ހާދިސާއާއި ގުޅިގެން ބަންދުކޮށްފައެވެ.

ޓެގު