English Edition
Dhivehi Edition
ގަން އިންޓަނޭޝަނަލް އެއާޕޯޓު - ފޮޓޯ: ގޫގުލް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގަން އެއާޕޯޓު ޓާމިނަލުގެ ބޭރުގައި ރެސްޓޯރެންޓެއް ހިންގުމަށް ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައިގެ ސިޓީއަކާއި، ވިޔަފާރިއާއި ބެހޭ މަޢުލޫމާތުގެ އިތުރުން ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން ހިންގުމުގައި ތަޖުރިބާ ލިބިފައިވާކަމުގެ ހެއްކާއެކު އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް އެ ކުންފުންޏަށް ހުށަހަޅަން ޖެހޭނެ އެވެ.

އީއޯއީ ހުށަހަޅަންޖެހޭނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށެވެ.

އެ ކުންފުނިން ބުނީ ރިކުއެސްޓް ފޯރ ޕްރޮޕޯސަލްސް (އާރުއެފްޕީ) ދޫކުރެވޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށާއި، އެ ކުންފުނިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭ އީއޯއައި ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

ގަން އެއާޕޯޓުގެ ޓާމިނަލުން ބޭރުގައި މިހާރުވެސް އެއް ރެސްޓޯރެންޓް ހިންގަމުން ދެއެވެ. އެއީ ސައުތު ލޭންޑް ރެސްޓޯރެންޓެވެ.

1 ކޮމެންޓް
ޙަނީ
ނޮވެމްބަރު 18, 2019
Keekey bunaanee Mi thanah guest aku fligheh nugenas raiyyathun bolah chipu Jahan hingaa jareemaa. Kobaathoa addu tourism. Kobaithoa south regional tourism. Buhuthaan dhigu. Dhoakaa dhenee. This kunfuni gamun beyrukoh Ethan hingun outsource kuranvee. India akah noon. GMR Akahves noon. China akah he's noon. International tender akun corruption nethi dhevey bayakah. Champaa menneh this thaneh nuhingaane.