English Edition
Dhivehi Edition

ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ ކައުންސިލް އިންތިހާބުގެ ވޯޓްލުމަށް ތައްޔާރު ވަމުންދާ މަންޒަރެވެ. ގިނަ ރައްޔަތުން ވޯޓް ދޭންވީ ކެންޑިޑޭޓަކީ ކޮބައި ކަން މާކުރިން ނިންމާފައިވާއިރު އަދިވެސް ވޯޓު ދޭންވީ އެންމެ ރަނގަޅު ކެޑިޑޭޓަކީ ކޮބައިކަން ނިންމާފާއި ނެތް ރައްޔަތުންވެސް އެބަތިއްބެވެ. އައްޑޫމީދޫ ދާއިރާގެ މިފަދަ ކޮންމެ ރައްޔިތަކަށް ވޯޓް ދޭންވާ ކެންޑިޑޭޓަކީ ކޮބައިކަން ނިންމާފައިވާ ޒުވާނުން ހުށަހަޅަމުންދާ ނަމަކީ އިބްރާހީމް ޖަމާލް(އިބުރު ޖަމާ) ކަމަށް ގިނަ ޒުވާނުން ދަނީ ބުނަމުންނެވެ. މި ނިންމުން ޒުވާނުން ނިންމާފައިވާ އެންމެ ބޮޑު ސަބަބަކީ ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅުމެއް ނެތި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔަތުންނަށް ހިދުމަތްކުރަމަށް ނިކުތް ހަމަ އެކަނި ކެންޑިޑޭޓަކީ އިބުރު ކަމުގައިވުމެވެ. “އަޅުގަނޑަކީ ދާއިރާގެ ހުރިހާ ރައްޔަތުންނަށް ހަމަހަމަ މީހެއް. ދާއިރާގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމެއްގައި ކުލައަކަށް ބެލުމެއް ނެތި އެންމެ ކުރީ ސަފުގައި ހުންނާނަން. ރައްޔަތުންގެ ޝަކުވާތައް އަޑުއަހާ ޖަވާބުދާރީވާންޖެހޭ ފަރާތްތައް ޖާވބުދާރީ ކުރުވާނަން.”އިބުރު ބުންޏެވެ ކުރިން ސިޔާސީ ދާއިރާގައި މާ ހަރަކާތްތެރިކޮށް ފެނިފައި ނެތް ނަމަވެސް އިބުރު އަކީ ސަރުކާރު ހިއްސާވާ ކުންފުނި ތަކާއި ރިސޯޓްތަކުގައި މަތީ މަގާމްތައް އަދާކޮށްފައިވާ ފަރާތެކެވެ. އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރަށަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ހީވާގި ޒުވާނެކެވެ. ކުޅިވަރުގެ ރޮނގުން މުޅި އައްޑޫ އަށް ރީތި ނަން ހޯދައިދީފައިވާ އައްޑޫ ޒުވާނުންގެ ނަމޫނާ ޝަހްސިއްޔަތެކެވެ. 2009 ވަނަ އަހަރު ދިރިއުޅުން ރަށަށް ބަދަލުކުރުމާއެކު ރަށުގެ ހާލަތު ފެނި ރަށަށް ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުންވެފައިވާ ޒިންމާދާރު ފަރުދެކެވެ. ” މި ދާއިރާ އަށް އެއްވެސް ބަޔަކު އަޅާނުލާ ނެތިގެން ދާތަން ބަލަން ބޭނުމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދާއިރާ ތަރައްޤީ ކޮށް މި އޮތް ހާލަތު ބަދަލުކޮށް ރަނގަޅުކުރެވޭނެ. އެކަމަކު އެކަން ކުރަން ބޭނުންވަނީ ހިތްވަރުގަދަ ކެރޭ ވަކި ފިކުރަކަށް ނުޖެހޭ މީހެއް.އެ އަޒުމުގެ މި ދާއިރާއަށް ކުރިމަތިލީ.”އިބުރު ބުންޏެވެ. ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއް ކުރުމަށް އިބުރު ހުރީ ތައްޔާރަށެވެ. ދޮގު ހަދާ މަކަރު ހަދައިގެން މި އިންތިހާބުގައި އެންމެ ވޯޓެއްވެސް ހޯދަން ބޭނުންނުވާ އިރު ލިބޭ މަންފާއަކަށް ނަފްސު ވިއްކާނުލާނެ ކަން މީދޫގެ ކުދިބޮޑު އެންމެން ގަބޫލުކުރެއެވެ. ކުރީ ފަހަރުތަކުގެ ހިތި ތަޖްރިބާއާއި އެކު މިނިވަން ކެންޑިޑޭޓެއް ހޮވުމުގެ އަޒުމުގައި ތިބި ރައްޔަތުންގެ އުއްމީދުތައް ގުޅިފައިވާ އިބުރުގެ އަޒުމުވެސް ވަރަށް ވަރުގަދައެވެ. ” އަޅުގަނޑު ހޮވިއްޖެ ނަމަ މި ދާއިރާގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭނަން. އެންމެ ބޮޑު އުއްމީދަކި މީދޫ ގައި ޒުވާނުންނަށް ހާއްސަކޮށް ޕާކެއް ހަދާ ތަރައްޤީ ކުރުން. ހަމަ ޔަގީން އަޅުގަނޑު ހޮވިއްޖެ ނަމަ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން އެ ޕާކް ހަދާނަން. މީގެ އިތުރުން މީދޫ ބަދަރު މަތި ސާފުކޮށް ތަރައްޤީކުރުމަކީ ވަރަށް ބޮޑު އުއްމީދެއް. މިހިރީ ކެރިގެން ވަރުގަދަ އަޒުމެއްގައި ދާއިރާގެ ރައްޔަތުންނާއެކު ތަރައްޤީ ކުރަން އެންމެ ކުރީ ސަފުގައި” އިބުރު ބުންޏެވެ.މ މިނިވަން ކެންޑީޑޭޓެއްގެ ގޮތުގައި އިންތިހާބު ވުމަށްފަހުވެސް ރައްޔަތުން މާޔޫސްކޮށްނުލާނެކަމުގެ ޔަގީން ކަން އިބުރުވަނީ ދާއިރާގެ ރައްޔަތުންނަށް ދީފައެވެ.”އަޅުގަނޑަކީ ރައްޔަތުންގެ ކެންޑިޑޭޓެއް.އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔަތުންނަށްޓަކައި. އަޅުގަނޑު %100 ޔަގީންކަން މި ދެނީ އެއްވެސް ޕާޓީ އަކާ ގުޅުމަށް އަޅުގަނޑު އަމިއްލައަކަށް ނުނިންމާނަން. އެކަން ނިންމާނީ ރައްޔަތުން. ރައްޔަތުންނަށް ފެންނަ ގޮތަކަށް އަޅުގަނޑު ކުރިއަށް ދާނީ. އަޅުގަނޑު ރައްޔަތުން މާޔޫސްކޮށް ނުލާނަން. “އިބުރު ބުންޏެވެ. ވޯޓްލުމަށް ދެދުވަހަށް ވެފައިވާ އިރު އިބުރު މަރަދޫފޭދޫ މީދޫ ދާއިރާގެ ރައްޔަތުންގެ ކިބައިން އެދިފައިވަނީ މި ކުޑަ ވަގުތުކޮޅުވެސް މަސައްކަތްކޮށް އިތުރު ވޯޓް ހޯދާ މި އިންތިހާބު ކާމިޔާބުކުރަން އެހީތެރިވެ ދިނުމަށެވެ.”އަޅުގަނޑަށް މި މަސައްކަތުގައި އެހީތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑު މިހިރީ ތިޔަ ލޯބުވެތި ރައްޔަތުންނާއެކު އެންމެ ކުރީ ސަފުގައި ނިކުމެ ދާއިރާ ތަރައްޤީ ކުރަން އަތުކުރި އޮޅާލައިގެން، ދެން އޮތީ ތިޔަ ލޯބުވެތި ރައްޔަތުންގެ ނިންމުން.އިރާދަކުރެއްވިއްޔާ ރަގަޅުވާނެ” އިބުރު ބުންޏެވެ. މިއަދު ހަވީރު ހަތަރެއްޖަހާއިރު އިބުރު ކެމްޕެއިން ނިންމާލުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވަން ހަމަޖެހިފައިވާއިރު މި އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ދަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން އެންމެ ފަހުގެ ހަރަކާތްތައް ބާއްވަމުންނެވެ.