English Edition
Dhivehi Edition
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުވާން ފުރަތަމަ އަންގާފައި ވަނީ އިއްޔެ ހެނދުނު 11:00އަށް ނަމަވެސް އެ އަޑުއެހުން މިއަދަށް ބަދަލުކޮށްފައިވާކަން އިއްޔެ ޖޭއެސްސީއިން ވަނީ އަންގާފައެވެ. އެހެންނަމަވެސް މިއަދު ބާއްވަން ނިންމި އަޑުއެހުން އަނެއްކާވެސް ފަސްކޮށްފައިވާއިރު މިހާރު އަޒްމިރަލްދާ ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ބަލަމުންދާ މައްސަލަ:

  • އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތު
  • ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތް ކުރެއްވި ތަނެއްގައި އަޒްމިރަލްދާ އިންނެވި މައްސަލައެއްވެސް ޖޭއެސްސީ އިން ދަނީ ބަލަމުން
  • މި މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.