English Edition
Dhivehi Edition

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން, މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށްދޭ އެލަވަންސް އުވާލައިފިއެވެ.

ސީއެސްސީން ނެރުނު ސާކިއުލާއެއްގައިވަނީ، “ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް” ދިނުމުގައި މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަށް، ކައުންސިލްތަކުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، ކައުންސިލްތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރުމަށެވެ.

މި ސާކިއުލާގެ ދަށުން “ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް” ދެން ދޭނީ ރަށު ކައުންސިލްތަކުންނެވެ.

ޖަމާއަތްތެރިންނާއި ގަބުރުސްތާން މަސައްކަތު އެލަވަންސަކީ އަތޮޅުތަކުގެ ރަށްރަށުގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ. މީގެ ކުރިން އެ އެލަވަންސް ދެމުން އައީ، އެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ މަގުންނެވެ.