English Edition
Dhivehi Edition

އެމެރިކާގައި ސިނގިރޭޓް ބޯ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެ ޤައުމުގައި ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

ޔޫއެސް ސެންޓާރސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން(ސީޑީސީ) އިން ހެދި ދިރާސާގައި މިދިޔަ އަހަރު އެ ޤައުމުގައި ވަނީ ސިނގިރޭޓް ބޯ މީހުންގެ އަދަދު 13.7 އިންސައްތަ އަށް ވެއްޓިފައެވެ.

ސީޑީސީ އިން 1965 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ މި ދިރާސާގައި މިދިޔަ އަހަރުގެ ދިރާސާއިން އެނގުނީ އެ ޤައުމުގައި ސިނގިރޭޓް ބޯ މީހުންގެ އަދަދު ބޮޑު މިންވަރަކަށް މަދުވެފައިވާ ކަމަށެވެ.

ސީޑީސީ ގެ ޑިރެކްޓަރ ޑރ. ރޮބާރޓް ވިދާޅުވީ މިހާވަރަށް ސިނގިރޭޓް ބޯ މީހުންގެ ނިސްބަތް ދަށްވެފައި މިވަނީ ޕަބްލިކް ހެލްތު ކޮމިއުނިޓީ އާއި އެމީހުންގެ އޭޖެންސީ ތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.

ސީޑީސީ ގެ ދިރާސާ ދައްކާ ގޮތުގައި ފުރާފުރިހަމަ ވެފައިވާ 49.1 މިލިއަން މީހުންގެ ތެރެއިން 5 މީހުންގެ ތެރެއިން އެކަކު ޓޮބެކޯ ގެ ކޮންމެވެސް ވަތްތަރެއް 2018 ވަނަ އަހަރު ބޭނުން ކުރިއެވެ. މީގެ ތެރެއިން ސިނގިރޭޓް ފާހަގަ ކުރެވެނީ އެންމެ ގިނައިން ބޭނުންކުރެވޭ އެކައްޗެއްގެ ގޮތުގައި އެވެ. ދެން ފާހަގަ ކުރެވެނީ ސިގާރސް އާއި ސިގާރިލޮސް ފަދަ ތަކެތި ބޭނުންކުރާ 3.9 އިންސައްތަ މީހުންނެވެ.

އީ ސިގިރެޓް އަކީ 3 ވަނައަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެކަށްޗެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެމެރިކާގައި އެކި ނަންނަމުގައި އަބަދުވެސް ކެމްޕެއިން ތައް ހިންގައެވެ.