English Edition
Dhivehi Edition

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތް ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

 

ޕީސީބީގެ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މިއަދުގެ ޖަލްސާގައި އިއްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް އެސްއޯއީ ކޮމިޓީ އަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމައިފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

1 . އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ

2 . އަލްފާޟިލް ޢާޞިމް މުޙައްމަދު، ގ. މެޒަރިން

3 . އަލްފާޟިލާ ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ

4 . އަލްފާޟިލާ ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ

5 . އަލްފާޟިލް ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ

6 . އަލްއުސްތާޛު ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު

7 . އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ރައީސުލްޖުމްހޫރިއްޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ހަތް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.