English Edition
Dhivehi Edition

ސިނަމާލެ ބްރިޖުން ހުޅުމާލޭ ކޮޅަށް ފައިބާ މަގުގެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވީ، ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުން ޝަފީގު، 13 އަހަރެވެ. އޭނާ އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލު ދުއްވަން އިނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ 51 އަހަރުގެ އަންހެނެކެވެ.އެބަދެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ އަންޖުން އޭނާގެ މަންމައާއެކު ދަތުރުކުރި ސައިކަލުގައި، ފަހަތުން އައި ބަހެއް ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައިކަލުގައި ޖެހުނީ އެމްޓީސީސީއިން ދުއްވާ ބަހެކެވެ.

ހުޅުމާލެ ކޮޅުން ހައިވޭ ފެށޭ ހިސާބުގައި ކުރިން އޮންނަ ބަސް ޓާމިނަލް ކައިރިން ހިނިގ މިއެކްސިޑެންޓް ގައި ބަސް ދުއްވަން އިން މީހާ އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔައީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. . މިހާދިސާއާ ގުޅިގެން ބަހުގެ ޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެ.ސް ރިޕޯޓްތައް ބުނެއެވެ

އެކްސިޑެންޓްވުމާ އެކު އެކުއްޖާވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މަރުވި ކުޑަކުއްޖާގެ މަންމަ ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އަންހެންމީހާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.