English Edition
Dhivehi Edition

ގދ. ވާދޫއަށް ނިސްބަތްވާ 28 އަހަރުގެ އަންހެނަކު އދ. ދަނގެތީގައި ދަންޖެހިފައި ހުއްޓާ ސަލާމަތް ކޮށްފިއެވެ.

މި އަންހެން މީހާ އަކީ އެރަށު މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ މީހެކެވެ. މިހާރު އޭނާ ވަނީ އެރަށު ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ އެގޭގައި ދިރިއުޅޭ އަންހެނަކަށް ކަމަށާއި، މި މީހާ ސަލާމަތް ކޮށްފައިވަނީ ޖެހިގެން ހުރި ގޭ މީހަކު އައިސް ދަންޖެހިފައި ހުރި ވާގަނޑު ކަނޑާލައިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ދެ ދުވަސް ކުރިން ހދ. ނޮރިވަރަމްގައި ވެސް އަންހެނަކު ވަނީ ދަންޖެހިގެން މަރުވެފައެވެ.