English Edition
Dhivehi Edition

ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ރާއްޖޭގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ޒަމާނުއްސުރެ ދެމިގެން މިއަންނަ ދިވެހި ވެރިކަން ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަމަކަށް ކިރިޔާވެސް ވީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ޤާއިމްކުރެވުނު ހިސާބުން ކަމަށެވެ.

“ޖުމްހޫރިއްޔަތު ބިނާކުރަން މި ނިޒާމް ދަމަހައްޓަން ޖެހޭ”، އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ މަލްޓި-ޕާޓީ ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.