Thahuzeebu mujuthamau eh adhives nulibey: Dr. Jameel - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

8 މަސް ކުރިން

ރާއްޖޭގައި މިއަދާ ހަމައަށްވެސް ތަޙުޒީބު މުޖުތަމަޢުއެއް ޤާއިމްވެފައިވާ ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

Advt

Advertisement

ޑރ. ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގެ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވަނީ ޖުމްޙޫރީ ދުވަސް މިއަދު ފާހަގަކުރަނީ އަދިވެސް އެންމެ ފުރަތަމަ ކުރި އިޙްސާސްތަކާ އެކުގައި ކަމަށެވެ. އަދި މިއަދުވެސް ފެންނަމުންދާ މަންޒަރަކީ ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލުން ކަމުގައިވެސް ޖަމީލް ވިދާޅުވި އެވެ.

“ތަޙްޒީބް މުޖުތަމައުއެއް އަދިވެސް ނުލިބޭ”، އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވެއެވެ.

ޖަމީލް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ފަހަކަށް އައިސް އޭނާ ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެންނާއި، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރި ކަމަށް ހައިލަމް ވިދާޅުވުމާއި ގުޅިގެންވެސް ޖަމީލްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ނަމަވެސް، ޑރ. ޖަމީލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކަކުކަން ވެސް ފާހަގަކޮށްލެވެއެވެ.