English Edition
Dhivehi Edition
އައްޑޫ ނޭޗަރ ޕާކް - ފޮޓޯ: އައްޑޫ ނޭޗަރ ޕާކް

އައްޑޫސިޓީ ހިތަދޫގައި އޮންނަ ނޭޗާރ ޕާކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ގެ ބޮލުގައި ކޮރަޕްޝަން ގެ ގިނަ ތުހުމަތުތަކެއް އަޅުވައި އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އާންމު ރައްޔަތުންގެ ތެރެއިން މީހެކެވެ.

އާންމު ފަރާތަކުން ހުށައެޅި މި މައްސަލާގައި ހިމެނޭ އެއް ކަމަކީ މީހުން ބުނާ ބުނުމަށް އުސޫލެއް ނެތި ނޭޗާ ޕާކުން ކަންކަން ކޮށްދިނުމެވެ. ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ބެލުމަށްފަހު މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ފޮނުވަންނިންމީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ