އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަޔާތްޕުޅުން ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Keerithi Rasoola ﷺ ge eid milad dhuvahuge thahniya enme beyfulhunnah dhannavan. Mi dhuniyevee hayaath binaakurumugaves, enme furihama irushaadh aai misaal liben othee Keerithi Rasoolaa ﷺ ge mulhi hayaaiypulhun
— Mohamed Nasheed (@MohamedNasheed) November 9, 2019
އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފަ އެވެ.
“މި ދުނިޔެވީ ހަޔާތް ބިނާކުރުމުގައިވެސް، އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މުޅި ހަޔާތްޕުޅުން”، އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.
ރަސޫލާގެ ޢީދު މީލާދުގެ ހެޔޮއެދުންތައް ނަޝީދު ފޮނުއްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި މެސެޖެއް ފޮނުއްވައިފަ އެވެ.