English Edition
Dhivehi Edition

ވިލާ އެއާ ފްލައިމީ ބްރޭންޑު ނިއު ATR-72-600 ގެ އައު ބޯޓެއް ގަނެފިއެވެ. މިއ ބޯޓަކީ އޭޓީއާރް މަރުކާގެ އެންމެ ފަހުގެ ބޯޓެވެ. މި ބޯޓާއެކު ފްލައިމީ ގެ ދަތުރުތައް ފުޅާ ކުރާނެ ކަމަށާއި އެގޮތުން މިހާރު އުދުހޭ މަންޒިލްތައް އިތުރު ކުރަން ވަނީ ނިންމާފައެވެ. ފްލައިމީ މިވަގުތު ދަތުރު ކުރަމުންދަނީ މާމިގިލީގެ އިތުރުން ބ. ދަރަވަންދޫއަށް ނަމަވެސް ރ. އަތޮޅާއި ނ. އަތޮޅަށް ދަތުރު ކުރުމުގެ ހުއްދަ ހޯދަން ވިލާ އެއާ ފްލައިމީ ވަނީ ނިންމާފައެވެ.

އެއާލައިން އިން ގެންނަ ބޯޓުގައި 72 ގޮނޑި ހުންނައިރު، ކޮންމެ ގޮނޑި ބަރިއެއްގެ ދޭތެރޭގައި 29 އިންޗީގެ ޖާގަ ހުރެއެވެ. މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ފަސިންޖަރުން އުފުލާ މަންޒިލްތަކަށް ޙިދުމަތް ދިނުމަށެވެ.

ވިލާ އެއާއިން އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓް ގެންނަނީ 20 މިލިއަން އެމެރިކާ ޑޮލު ޙަރަދުކޮށްގެންނެވެ. މި ފެށޭ ހަފުތާގައި ފްލައިމީގެ ފްލީޓަށް އިތުުރުވާ އާ ބޯޓް ރާއްޖެ ގެންނާނެ ކަމަށެވެ. މި ބޯޓް ރާއްޖެ އައުމަށް މިހާރުވަނީ ދަތުރު ފަށާފައެވެ.

ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު އޮކްޓޯބަރު މަހު ގެންނަން ނިންމާފައިވާ ކަމަށް ފްލައިމީން ކުރިން ބުނެފައިވެ އެވެ. މިކަން ހާމަކޮށްފައިވަނީ ފްލައިމީގެ ރަސްމީ ފޭސްބުކްގައި ޝާއިއުކޮށްފައިވާ ވީޑިއޯއަކުންނެވެ. ވީޑިއޯއިން ފެންނަ ގޮތުން، ފްލައިމީގެ ސީޕްލޭން ޑިޒައިނަށް ދީފައިވާ ނަމަކީ “ފްލައިން ޔެލޯފިން ޓޫނާ” އެވެ.

ޓެގު