English Edition
Dhivehi Edition

ނ. މާފަރު އެއަރޕޯޓަށް ވިލާ އެއާ ފްލައިމީން ޖެއްސުމުގެ ތައްޔާރީތައްވާން ފަށައިފިއެވެ

ފްލައިމީގެ ދަތުރުތައް ނ. އަތޮޅަށް ފަށާނެ ތާރީޚެއް އިޢުލާންކޮށްފައި ނުވިނަމަވެސް، ވިލާ އެއަރގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުﷲ ނާޝިދު ވިދާޅުވީ ނ. އަތޮޅަށް ދަތުރުތައް ފަށާއިރު، ނ. އަތޮޅުގެ ރައްޔިތުންނާއި އެއަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭޙަކަމާއެކު ދަތުރުފަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށާއި ވަރަށް އަވަހަށް އެކަމުގެ އިތުރު ތަފްސީލްތައް ހިއްސާކުރާނެކަމަށެވެ.

ވިލާ އެއަރއިން ދަތުރުކުރަނީ އދ. އަތޮޅު މާމިގިލި އެއަރޕޯޓާއި، ބ. އަތޮޅު ދަރަވަންދޫ އެއަރޕޯޓުގެ އިތުރުން މިދިޔަމަހު އައްޑޫ ސިޓީ ގަން އެއަރޕޯޓަށާއި ފުވައްމުލައް ސިޓީއަށް ދަތުރުތައް ވަނީ އަލުން ފަށައިފިއެވެ.

. ނ. އަތޮޅަކީ ގިނަ ރިސޯޓުތަކެއް އޮޕަރޭޓްކުރަމުންދާ އަތޮޅަކަށްވާއިރު އެ އަތޮޅުގައި ސޮނެވާ ޖާނީ، ސަން ސިޔާމް އިރުފުށި، ވެލާ ޕްރައިވެޓް އައިލެންޑް އަދި ޝެވާލް ބްލާންކް ރަންދެލި ރިސޯޓުގެ އިތުރުން މޫވް އެންޑްޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް ހިމެނެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަށާފައިވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އެ ކުންފުނިން ދަތުރުކުރަން ބޭނުންކުރަނީ އޭޓީއާރު 500-72 މަރުކާގެ ބޯޓަކާއި އޭޓީއާރު 500-42 މަރުކާގެ ބޯޓެކެވެ.

2 ކޮމެންޓް
Ali
ޑިސެމްބަރު 21, 2018
Maafaru Airport nimeyne dhuvaheh adhi neyngey
Ali
ޑިސެމްބަރު 21, 2018
N.Atoll ga adhi onnaane Robinson club noon, aai, Noku Maldives kudafunafaru resort ves.